އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ)އިން ކުލީ ބިމެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ

6 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ)އިން ކުލީ ބިމެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

         މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އޭ.ޕީ.ސީ އުފެދިގެން އައި މަޤްޞަދުގެ ތެރޭގައި، އައްޑޫ ރައްޔިތުންނަކީ  އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމާއި، އައްޑޫ ރައްޔިތުންގެ އާމްދަނީ އިތުރު ކުރުމާއި ރައްޔިތުންނަށް ވިޔަފާރީގެ ފުރުޞަތު ހޯދައި ދިނުމާއި، އައްޑޫގެ ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އައްޑޫގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މަސައްކަތް ކުރުމާއި، އައްޑޫގެ ޢުމްރާނީ ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ކުރަންޖެހޭ މަސައްކަތް ހިންގުން ހިމެނިފައިވާތީ، އަދި އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީއަކީ އައްޑޫރައްޔިތުންގެ ހިއްސާ އެކުލެވޭ ކޯޕަރޭޓިވްއެއް ކަމަށްވެފައި މި ކޯޕަރޭޓިވްގެ މަޤްޞަދު ޙާޞިލު ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ އިން )ބޭރުގެ ކުންފުންޏަކާއި އެކު( ޖޮއިންޓް ވެންޗަރ ވިޔަފާރީގެ އުޞޫލުން ޢިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނު (ކޮންސްޓްރަކްޝަން މެޓީރިއަލްސް) ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރުމަށް، ހިތަދޫ ޕޯޓް ސަރަޙައްދުން 50,000އަކަފޫޓު (ފަންސާސް ހާސް އަކަފޫޓް ) ގެބިން ޤަވާޢިދާއި އެއްގޮތަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/105

ތާރީޚް: 6 އޮކްޓޯބަރ 2020