އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ހިއްކިބިމުގެ އިރު އުތުރުގައި ލާފައިވާ ހުރަސް ތޮށި މަރާމާތު ކުރުން

6 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫ ހިއްކިބިމުގެ އިރު އުތުރުގައި ލާފައިވާ ހުރަސް ތޮށި މަރާމާތު ކުރުން .   

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު     

ނިންމުން

މައްސަލަ ނިމުނުގޮތް:

         މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ފޭދޫ ހިއްކި ބިމުގެ ތޮށިގަނޑު މަރާމާތު ކުރުމަށް ބަހައްޓާފައިވާ ބޮޑު ހިލަ އާއި ހިއްކި ބިމުގައި ހުރި ވެލި ބޭނުންކޮށްގެން ޕަބްލިކް ވޯރކްސްގެ އެހީތެރިކަމާއެކު މޫސުމީ އުދައިގެ ސަބަބުން، ފޭދޫ ހިއްކިބިން ސަރަޙައްދުގެ ތޮށިގަނޑުން ގިރައިގެން ގޮސްފައިވާ ސަރަހައްދު، މަރާމާތު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް  

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03   

ނުފެންނަކަމަށް: 00 ވޯޓް.

  ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/109

ތާރީޚް: 6 އޮކްޓޯބަރ 2020