އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ސަޓާ އެވޯޑްގެ އައިލެންޑް ފެސްޓިވަލް ބޭއްވުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

10 އޮކްޓޯބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އައްޑޫގައި ސަޓާ އެވޯޑްގެ އައިލެންޑް ފެސްޓިވަލް ބޭއްވުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ   

ނިންމުން

މައްސަލަ ނިމުނުގޮތް:

މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކޮށް މިވަގުތަކީ ފަތުރުވެރިކަމަށް އައްޑޫ ހުޅުވިގެންދާ ވަގުތެއް ކަމުގައިވެފައި،އައްޑޫގެ އަންހެން ބޭފުޅުން ބާރުވެރި ކުރުމުގެ މަޤްޞަދުގައި މުޅި މުޖްތަމަޢު ޙިއްސާ ވާގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ސަޓާ އެވޯޑްގެ އައިލެންޑް ފެސްޓިވަލް އައްޑޫގައި ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި، ކައުންސިލްގެ މާލީ ޙާލަތު މިވަގުތު ހުރި ގޮތުން މިކަމަށް ހިނގާ ޚަރަދު ހަމަޖެއްސަވައި ދެއްވުމުގައި ޓްރަސްޓްފަންޑާއި މަޝްވަރާކޮށް 100000.00ރުފިޔާ (އެއްލައްކަ ރުފިޔާ) ގެ އެހީތެރިކަމެއް ލިބޭތޯ ޓްރަސްޓް ފަނޑަށް ހުށަހަޅައި ނިމޭގޮތެއްގެ މަތިން މައްސަލަ ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/225

ތާރީޚް: 10 އޮކްޓޯބަރ 2017