އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2020 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ ރިވައިޒް ބަޖެޓް ފާސްކުރުން

15 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2020 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ ރިވައިޒް ބަޖެޓް ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 96 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން 2020 ވަނަ އަހަރު ކައުންސިލްއިން ފާސްކޮށްފައިވާ ބަޖެޓް ތަންފީޒު ކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް، 2020 ވަނަ އަހަރަށް ކައުންސިލަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ޢާމްދަނީ އާއި، ދައުލަތުން ދެއްވާ ގްރާންޓް ދަށްވެފައިވާތީ، އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ބަލައި، 2020 ވަނަ އަހަރު ތައްޔާރުކުރެވިފައިވާ އައްޑޫސިޓީ ކައުންސިލް އިދާރާގެ ރިވައިޒް ބަޖެޓަށް ދައުލަތުން ދެއްވާ އެހީގެ މުޅި ޖުމްލަ އަކީ: 49,369,518.00  ރުފިޔާ އާއިއެކު އައްޑޫސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑު އަދި ދައުލަތުގެ މުވައްޞަސާތަކުގެ ޚަރަދު ފައިސާ ހިމެނޭ ގޮތަށް  2020 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލް އިދާރާގެ މުޅި ޖުމްލަ ރިވައިޒް ބަޖެޓަކީ: 99,225,518.00 ރުފިޔާ ކަމުގައި ކަނޑައަޅައި ރިވައިޒް ބަޖެޓް ފާސްކުރުމަށްފެންނަކަމަށާއި،

 

މި ބަޖެޓްގައި ޙަރަކާތްތައް ކަނޑައެޅިފައިނުވާ ކަންކަމަށް ޚަރަދު ކުރުމުގައި އެޙަރަކާތްތައް ހިންގުމުގެ ހުއްދައަށް އެދި ކައުންސިލްއަށް ހުށަހަޅައި ކައުންސިލްގެ ނިންމުމާއިއެކު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، ބަޖެޓް ފާސްވުމާއެކު ކަނޑައެޅިފައިވާ ބަޖެޓް ތަންފީޒު ކުރުމުގެ މަސައްކަތް ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށްގެންދިއުމަށް ފެންނަކަމަށް ކަނޑައަޅައި ޤަރާރެއް ނެރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން އައްޑޫސިޓީ ކައުންސިލް އިދާރާގެ 2020 ވަނައަހަރުގެ ރިވައިޒް ބަޖެޓް ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/110

ތާރީޚް: 15 އޮކްޓޯބަރ 2020