އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫން 500 ގޯތި ދިނުމަށް ނިންމާފައިވާ ކައުންސިލްގެ ނިންމުމުގައި ގޯތީގެ ސައިޒް ކަނޑައަޅާފައި ނުވާތީ ސައިޒް ކަނޑައެޅުން

15 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫއަވަށުން 500 ގޯތި ދިނުމަށް ނިންމާފައިވާ ކައުންސިލްގެ ނަމްބަރު: 426-BR(3)2020/78 ނިންމުމުގައި ގޯތީގެ ސައިޒް ކަނޑައަޅާފައި ނުވާތީ ސައިޒް ކަނޑައެޅުން   

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ފޭދޫއަވަށުން 500 ގޯތި ދިނުމަށް ނިންމާފައިވާ ކައުންސިލްގެ ނަމްބަރު: 426-BR(3)2020/78 ނިންމުމުގައި ގޯތީގެ ސައިޒް ކަނޑައަޅާފައި ނުވާތީ، ފޭދޫއަވަށުން ދިރިއުޅުމަށް ބޭނުންކުރުމަށް  2000 އަކަފޫޓުގެ 500 ގޯތި ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

 

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/112

ތާރީޚް: 15 އޮކްޓޯބަރ 2020