އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މާމެންދޫ ސަރަޙައްދުން ލިންކްރޯޑްގެ ހުޅަނގުން ސޭފް ޒޯނަށް ކަނޑައެޅުނު ސަރަހައްދަށް އަރާ ގޯތި ތަކުގެ އިންވަކިކޮށްދިނުމުގެ މައްސަލަ

15 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ މާމެންދޫ ސަރަހައްދުން ހިތަދޫ ޝަރަފުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނު މަގު (ލިންކްރޯޑް) ގެ ހުޅަނގުން ސޭފް ޒޯނަށް ކަނޑައެޅުނު ސަރަހައްދަށް އަރާ ގޯތި ތަކުގެ އިންވަކިކޮށްދިނުމުގެ މައްސަލަ     

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ލިންކްރޯޑްގެ ހުޅަނގުން ސޭފްޒޯން ހެދުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގެ ސޭފްޒޯން އަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރެވިފައިވާތީ، އެސަރަހައްދުން  ދޫކޮށްފައިވާ ގޯތިތަކުގައި މަސައްކަތް ނުފެށި ލަސްވަމުންދިއުމާއި ގުޅިގެން ހިތަދޫ މާމެންދޫ ސަރަހައްދުން ހިތަދޫ ޝަރަފުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނު މަގު (ލިންކްރޯޑް) ގެ ހުޅަނގުން ސޭފް ޒޯނަށް ކަނޑައެޅުނު ސަރަހައްދަށް އަރާ ގޯތިތައް ހިމެނޭ، ހުވަނދުމާ ގޯޅިއާއި، ބުރެވިވާމަގާއި ދެމެދު ލިންކްރޯޑުގެ ހުޅަނގުން 335،342،345،420 ވަނަ ކޮށީގައި ހިމެނޭ ގޯތިތަކުގެ ސެޓްބެކް އަށް 30 ފޫޓް ކަނަޑައެޅުމަށްފަހު އެ ސަރަޙައްދުގައި ހިމެނޭ ގޯތިތަކުގެ އިންވަކިކޮށް ރަޖިސްޓްރީ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

 

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު   

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/115

ތާރީޚް: 15 އޮކްޓޯބަރ 2020