އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ޝޮޕިންގ މޯލްއެއް އެޅުމަށް ބިމެއް ކަނޑަ އެޅުން

21 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީގައި ޝޮޕިންގ މޯލްއެއް އެޅުމަށް ބިމެއް ކަނޑަ އެޅުން 

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް    

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީގައި ޝޮޕިންގ މޯލް އެއް އެޅުމަށް ބިމެއް ހަމަޖެއްސުމަކީ އައްޑޫގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރަންޖެހޭ މުހިއްމު ކަމެއް ކަމަށް ފެންނާތީ، ހިތަދޫ މެދެއާރިމަގާއި، ހީނާމަގު، ގުޅުނު ސަރަހައްދުގައި އޮތް ހުސްބިން، ޝޮޕިންގ މޯލް އެއް އެޅުމަށް ރިޒާވް ކުރުމަށާއި، މި ޝޮޕިންގ މޯލް އެޅުމުގައި ފިހާރަ، އޮފީސް، ތަފާތުއެކިއެކި ވިޔަފާރި، ސިނެމާ، ގޭމް ސެންޓަރ ތަކާއި، ވެހިކަލް ޕާރކްކުރާނެ ތަނާއި، ބަގީޗާ އަދި ޕާރކްތައް ހިމެނޭ ގޮތަށް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް، ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް އުޞޫލުން ޝޮޕިންގ މޯލްއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނުކުރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

 

 

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ   

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީމޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/119

ތާރީޚް: 21 އޮކްޓޯބަރ 2020