އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.މަރަދޫ މިދިލިމާގެ މަރްޔަމް ޒާހިރާގެ ޢާއިލާއަށް ދިރިއުޅެވޭ ގޮތަށް ތަން ހިޔާކޮށްދީ، ފާޚާނާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން

10 އޮކްޓޯބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ސ.މަރަދޫ މިދިލިމާގެ މަރްޔަމް ޒާހިރާގެ ޢާއިލާއަށް ދިރިއުޅެވޭ ގޮތަށް ތަން ހިޔާކޮށްދީ، ފާޚާނާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި ފާޚާނާއެއް ހަދައިދިނުމާއި މި ދެމަސައްކަތާއި ގުޅޭ ރިޕޯރޓް ތައްޔާރުކޮށް ކައުންސިލާއި ޙިއްސާކުރުން.

މައްސަލަ ހުށަހެޅި ފަރާތް: ލީގަލް ޔުނިޓް   

ނިންމުން

މައްސަލަ ނިމުނުގޮތް:

ހުށަހަޅާފައިވާ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުންގެ މެދުގައި ރިޕޯރޓް އިތުރަށް މުޠާލިއާކުރުމަށްފަހު ފެށޭ ހަފުތާގެ ކައުންސިލް ޖަލްސާއަށް އަލުން މިރިޕޯރޓް ހުށަހެޅުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/226

ތާރީޚް: 10 އޮކްޓޯބަރ 2017