އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހިތަދޫ އަވަށުގައި ލޯކަލް ބަނދަރެއް ތަރައްޤީކުރުން

21 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ހިތަދޫ އަވަށުގައި ލޯކަލް ބަނދަރެއް ތަރައްޤީކުރުން     

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީ ހިތަދޫ އަވަށުގައި ބޭރު ތޮށިގަނޑެއް ނެތި، ހަމައެކަނި އެއްގަމު ތޮށި ލެވިފައިވާ ބަނދަރެއް އޮތުމުގެ ސަބަބުން، އިރުމަތީ ފަރާތުން ވައިޖެހޭ ދުވަސް ތަކުގައި ތޮށިގަނޑުގައި އަޅާފައިވާ އުޅަނދުފަހަރު ތަކަށް ބޮޑެތި ގެއްލުންތައް ލިބި، ރައްޔިތުން ގިނަ ތަކުލީފުތައް އުފުލަން ޖެހިފައިވާކަމުގެ ޝަކުވާ އިތުރުވެފައިވާކަން ފާހަގަކޮށް، ހިތަދޫ އަވަށުގައި ލޯކަލް ބަނދަރެއް ތަރައްޤީ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ފެންނާތީ،  އައްޑޫގެ ތަރައްޤީގެ ޕްލޭނަށް ބަލައި، ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް، ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް އުޞޫލުން ހިތަދޫއަވަށުގައި ލޯކަލް ބަނދަރެއް  ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނުކުރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/120

ތާރީޚް: 21 އޮކްޓޯބަރ 2020