އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހުޅުދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗާއި ގުޅޭ

21 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހުޅުދޫ އަވަށުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 50 ބިމަށް އެދި ހުށަހަޅާފައިވާ ފޯމްތަކުގެ އިވެލުއޭޝަން މަރުހާލާ ނިމިފައިވާގޮތާއި ގުޅިގެން ހުށަހެޅިފައިހުރި ޝަކުވާތަކަށް ރިއާޔަތްކޮށް ޕޮއިންޓް ދެވިފައިވާ ގޮތް އަލުން މުރާޖަޢާ ކުރުމުގައި ގޮތެއް ނިންމުން        

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ     

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުޅުދޫ އަވަށުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 50 ބިމަށް އެދި ހުށަހަޅާފައިވާ ފޯމްތަކުގެ އިވެލުއޭޝަން މަރުހާލާ ނިމިފައިވާގޮތާއި ގުޅިގެން ހުށަހެޅިފައިހުރި ޝަކުވާތަކަށް ރިއާޔަތްކޮށް ބަލާއިރު، ޕޮއިންޓް ދެވިފައި ހުރި ގޮތާއި ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހެޅިފައިނުވާތީ، އިވެލުއޭޝަންގައި އެންމެ މަތިން މާރކްސް ލިބިފައިވާ 50ފަރާތަށް، ޤަވާޢިދާއި އެއްގޮތަށް ބިން ޙަވާލުކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި، ހުޅުދޫ އަވަށުގައި ދިރިއުޅުމަށް ދޫކުރެވެން ހުރި ބިންތައް ބަލައި، އެފަދަ ބިންތައް ދިރިއުޅުމަށް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންދިއުމަށާއި އަދި، އައްޑޫސިޓީގައި ދިރިއުޅުމަށް ދޫކުރެވިފައި ހުރި ބިންތަކުގެ ތެރެއިން ދިރިއުޅެން ނުފަށާ ފަޅުކޮށްފައި ހުރި ގޯތިތައް ވަކިކުރުމާއި ގުޅޭގޮތުން، ކައުންސިލްގެ ނަމްބަރު 426-B (3)/2019/179 : ނިންމުމުން ނިންމާފައިވާ ގޮތަށް އެ ނިންމުން ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/121

ތާރީޚް: 21 އޮކްޓޯބަރ 2020