އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ބޯޓިންގ ހައުސްއެއް އެޅުމަށާއި، އެސޯސިއޭޝަންގެ ޙަރަކާތްތައް އިތުރަށް ފުޅާ ކުރުމަށް ބިމެއް ހަމަޖެއްސުން

5 ނޮވެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ބޯޓިންގ ހައުސްއެއް އެޅުމަށާއި، އެސޯސިއޭޝަންގެ ޙަރަކާތްތައް އިތުރަށް ފުޅާ ކުރުމަށް ބިމެއް ހަމަޖެއްސުން         

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް      

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،ރޯވިން އެސޯސިއޭޝަނަކީ ވެރިރަށް މާލެ ފިޔަވައި ރާއްޖޭގައި  ރަޖިސްޓްރީ ކުރެވިގެން ހިންގާ ހަމަ އެކަނި ކުޅިވަރު ޖަމްޢިއްޔާ ކަން ފާހަގަކޮށް، މި ޖަމްޢިއްޔާ ހިންގަމުން އަންނަތާ 10 ވަރަކަށް އަހަރު ވެފައިވާއިރު ޖަމްޢިއްޔާގެ ބެލުމުގެދަށުގައި ތަފާތު އަގުބޮޑު ވަޞީލަތްތައް ހުރެ އެ ވަޞީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތެއް ނެތި، އެތަކެއްޗަށް އެކި ކަހަލަ ގެއްލުންތައް ލިބެމުންދާތީ، ރޯވިންއަށް ޝައުޤުވެރިކަން ހުރި އައްޑޫގެ ދަރިވަރުންނާއި، ޒުވާނުންނަށް މި ކުޅިވަރު ފަރިތަ ކުރުމުގައި ދިމާވަމުންދާ ދަތިތައް ފިލުވުމަށާއި، ރޯވިންގ ޤައުމީޓީމް މީގެ ކުރިން ރާއްޖެއަށް ހޯދައިދީފައިވާ ރީތި ނަން ތަކަށްވުރެ ފަޚުރުވެރި ރީތި ނަން ހޯދުމަށް، މި ޓީމްތައް ރަނގަޅު ފަރިތަކުރުން ތަކަކާއެކު ބައިވެރިވެ ކާމިޔާބު ހޯދުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން، ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ބޯޓިންގ ހައުސްއެއް އެޅުމަށާއި، އެސޯސިއޭޝަނގެ ޙަރަކާތްތައް އިތުރަށް ފުޅާ ކުރުމަށް އަލަށް ހެދިގެންދާ ހިތަދޫ ބަނދަރުގެ އުތުރު ކޮޅުން ރޯވިންގ ބޯޓްތައް މޫދަށް ބޭލޭނެހެން ބަދަރު ޑިޒައިން ކުރުވުމާއި، ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް މި ބަނދަރުގެ އުތުރުން 20000(ވިހިހާސް) އަކަފޫޓުގެ ބިމެއް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަމަޖައްސަވައި ދެއްވުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު   

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީމޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/126

ތާރީޚް: 5 ނޮވެމްބަރ 2020