އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ދަނޑުވެރިކަމުގެ ކޯސްތައް ހިންގުމަށް ޝައުޤުވާ އިންސްޓިޓިއުޓެއް ޤާއިމުކުރުމަށް ބިމެއް ހަމަޖެއްސުން

5 ނޮވެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގައި ދަނޑުވެރިކަމުގެ ކޯސްތައް ހިންގުމަށް ޝައުޤުވާ އިންސްޓިޓިއުޓެއް ޤާއިމުކުރުމަށް ބިމެއް ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީމޭޔަރ، މުހައްމަދު ޔަސްރިފް      

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ހިތަދޫ އޮޑައްސައު، އާރު. އޭ އެފް، ހުޅުދޫ އަދި މީދޫ އިން ބޮޑެތި ބިން ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރެވިފައި ވީނަމަވެސް، އެކަށީގެންވާ ފެންވަރަށް ދަނޑުވެރިކަން ކޮށްގެން، ނަފާ އާއި ކުރިއެރުންތައް ހޯދުނުތަން ފެންނަން އޮތް މިންވަރު އިންތިހާ އަށް ކުޑަކަން ފާހަގަ ކުރެވޭތީ، އައްޑޫގެ ދަނޑުވެރި ކަމުގެ ސިނާއަތު އިތުރަށް ތަރައްގީ ކުރުމަށް، 21 ވަނަ ގަރުނުގައި ދަނޑުވެރިކަން ކުރާ ގޮތުގެ މައުލޫމާތު ތަކާއި އެކު، މި މަސައްކަތުގެ އިލްމާއި، ތަޖްރިބާއާއި ހުނަރުތައް ޒުވާނުން ހިތްޖެހޭނެ ގޮތަށް ވީހާވެސް ބިމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ ފަދަ އިން ދަނޑުވެރިކަން ކުރުމަށް ދަސްކޮށްދިނުމާއި، އަދި ދަސްކޮށްގެން ނިކުންނަ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލު ކުރާ ފެންވަރުގެ ސެޓްފިކެޓް ލިބުމާއި ދަސްކުރި އެއްޗެއް ބޭނުން ކުރުމަށް ފުރުސަތު ލިބޭނެހެން އަދި އުފައްދާ ތަކެތި ވިއްކޭނެ ނިޒާމް ތަކަކާއި އެކު އެފަދަ ހިދުމަތެއް އައްޑޫގައި ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ، އައްޑޫ ގައި މިފަދަ ކޯސް ހިންގައި މަތީގައި ފާހަގަ ކުރެވުނު ފަދަ ހިދުމަތްތައް އައްޑޫގައި ފޯރުކޮށް ދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޕުރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުހައްމަދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/128

ތާރީޚް: 5 ނޮވެމްބަރ 2020