އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޭފް ހޯމް އެޅުމަށް ހިތަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ސައިޒަށް ބަދަލު އަންނާތީ، ކައުންސިލުން ގޮތެއް ނިންމުން

3 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސޭފް ހޯމް އެޅުމަށް ހިތަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ސައިޒަށް ބަދަލު އަންނާތީ، ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައުންސިލްގެ ނަންބަރު: 426-BR(3)/2020/91 ނިންމުމާއި އެއްގޮތަށް، ސޭފްހޯމް އެޅުމަށް ހިތަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ބިން (ކުރީގެ ހިތަދޫކޯޓު ހުރި ބިމުން ސޭފްހޯމް އަށް ކަނޑައެޅުނު ބައި) މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ފަރާތުން ބެއްލެވުމަށްފަހު، އެ ބިމުގައިހުރި ޢިމާރާތް އެއްކޮށް އަރާގޮތަށް ސޭފްހޯމް އަށް ބިން ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައިވާތީ، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ތިރީގައި ބަޔާން ކުރެވިފައިވާ ނުކުތާތަކުގައިވާގޮތުގެ މަތިން މި މައްސަލަ ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

1- މި ބިން ހަމަޖެއްސުމުން، ސޭފްހޯމް އެޅުމަށް ދޫކުރެވޭ ބިން 10 ހާސް އަކަފޫޓަށްވުރެ ބޮޑުވެގެންދާނެތީ

  1. ކޯޓު ހުރި ބިމުން 10 ހާސް އަކަފޫޓުގެ ބައެއް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ހާފްވޭ ހައުސްއެއް އެޅުމަށް އެފަރާތަށް ދިނުމަށް ކައުންސިލުން ނިންމަވާފައިވާތީއާއި، ސޭފް ހޯމް ގެބިމުގެ ސައިޒަށް މަތީގައި ދެންނެވިފައިވާ ބަދަލު ގެނައުމުން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ދިނުމަށް ނިންމާފައިވާ 10 ހާސް އަކަފޫޓުގެ ބިން އެތަނުން ނުނެގޭތީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ދޫކުރާނެބިމެއް އަލުން ކަނޑައަޅަންޖެހޭތީ.
  2. ކުރީގެ ކޯޓު ހުރި ބިމުގައި ހުރި ޢިމާރާތް އެއްކޮށް އަރާގޮތަށް ސޭފްހޯމް އަށް ބިން ހަމަޖެއްސުމަށާއި އެ ބިމުގެ ބާކީ އޮތްބައި އެހެންކަމަކަށް ރިޒާވްކުރުމާއި،
  3.  ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ކުރީގެ ހިތަދޫއޮފީސް ހުރި ބިމުން (މޯލްޑިވްސް އިމިގްރޭޝަން އަށް ދޫކޮށްފައިވާ ބިން ހިމެނޭގޮތަށް) 10 ހާސް އަކަފޫޓް ބިން ހަމަޖެއްސުމާއި،
  4. މޯލްޑިވްސް އިމިގްރޭޝަން އަށް ދޫކޮށްފައިވާ ބިން އެކަށީގެންވާ އެހެން ސަރަޙައްދަކަށް ބަދަލުކުރުން. (އިމިގްރޭޝަންގެ މަސައްކަތަށް ފަސޭހަވާނެ އެހެން ދިމާލަކަށް ބަދަލުކުރުން)

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް   

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/138

ތާރީޚް: 3 ޑިސެމްބަރ 2020