އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުރިން އެޕޯލޯ ހޯލްޑިންގ އިން ގުދަނެއްގެ ގޮތުގައި ބޭނުންކުރި ޢިމާރާތް ކޮމިއުނިޓީ ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރުމަށް ދޫކުރުމާ ގުޅޭ

3 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކުރިން އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް އިން ގުދަނެއްގެ ގޮތުގައި ބޭނުންކުރި ޢިމާރާތް ކޮމިއުނިޓީ ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރުމަށް ދޫކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން    

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، "އައްޑޫ ސްޕޯރޓްސް އެކަޑަމީ" އިން އައްޑޫގެ ގިނަ ފަރާތްތަކަށް ބެޑްމިންޓަން ކުޅުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށާއި އައްޑޫގައި ބެޑްމިންޓަން ދިރުވައި އާލާ ކުރުމުގެ މަޤްޞަދުގައި ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކުރިން އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް އިން ގުދަނެއްގެ ގޮތުގައި ބޭނުންކުރި ޢިމާރާތް ޤަވާޢިދާއި އެއްގޮތްވާ ގޮތަށް ކޮމިއުނިޓީ ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރުމަށް "އައްޑޫ ސްޕޯރޓްސް އެކަޑަމީ" އާއި ޙަވާލުކުރުމަށް  ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު      

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/143

ތާރީޚް: 3 ޑިސެމްބަރ 2020