އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުވަދޫ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އައްޑޫސިޓީ ކައުންސިލަށް ދެއްވި ދަޢުވަތު ޤަބޫލުކޮށް އެ އަތޮޅަށް ރަސްމީ ދަތުރެއް ކުރުމާ ގުޅޭ

3 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުވަދޫ އަތޮޅުގައި ޤާއިމްކުރެވިފައިވާ ޚިދުމަތްތަކާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަން ތަޖުރިބާ ކުރުމަށް ހުވަދޫ އަތޮޅަށް ތަޖުރިބާ ދަތުރެއް ކުރުމަށް އެދި ހުވަދޫ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އައްޑޫސިޓީ ކައުންސިލަށް ދެއްވި ދަޢުވަތު ޤަބޫލުކޮށް އެ އަތޮޅަށް ރަސްމީ ދަތުރެއް ކުރުމާއި މެދު ކައުންސިލް އިން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލް ބިއުރޯ      

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ފާއިތުވި ނޮވެމްބަރު މަހު ކުރީކޮޅު ހުވަދޫ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އައްޑޫ ސިޓީއަށް ކުރެއްވި ތަޖުރިބާ ދަތުރުގައި، ހުވަދޫ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް މެމްބަރުން އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށް، އެ އަތޮޅުގެ ޤުދުރަތީ ވަޞީލަތްތައް ބައްލަވާ ލެއްވުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް ތަޖުރިބާކުރުމަށް، މި ކައުންސިލަށް ދެއްވި ދަޢުވަތު ޤަބޫލުކޮށް، ހުވަދޫ އަތޮޅު ދެކުނުބުރިއަށް ތަޖުރިބާ ދަތުރެއް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، މި ތަޖްރިބާ ދަތުރު ކުރުމަށް ހިނގާ ޚަރަދު 2021 ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓުގެ ތެރެއިން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޙުސައިން ޙިޔާޟް      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (3)/2020/144

ތާރީޚް: 3 ޑިސެމްބަރ 2020