އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގުރައިދޫ މަރުކަޒަށް ފޮނުވާ މީހަކަށް ބޭނުންވާ އެހީތެރިކަން ހަމަޖެއްސުމަށް

13 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރ އިން ސ. ހިތަދޫ / ލައިޓް ކޯނަރ، ތުއްތުދީދީ ގުރައިދޫ މަރުކަޒަށް ގެންދިއުމުގައި އެހީ ހޯދުމަށް އެދި ހުށަހެޅި މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:

ޑިރެކްޓަރ ޝިޒްލީނާ އަސްލަމު ސޯޝަލް / ސާރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

  • ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރ އިން ސ. ހިތަދޫ/ ލައިޓ ކޯނަރ ތުއްތުދީދީ  ގުރައިދޫ މަރުކަޒަށް ގެންދިއުމަށް ކައުންސިލްގެ ފަރާތުން ތުއްތުދީދީގެ އެއްކޮޅު ޓިކެޓާއި (1775/56ރުފިޔާ) އޭނާގެ އެހީތެރިޔާގެ ގަން/މާލެ/ގަން 2 ކޮޅު ޓިކެޓާއި (3553/12ރުފިޔާ) އެއްދުވަހުގެ ހުރުމާއި (-/500ރުފިޔާ) އެއްދުވަހުގެ ކެއުމާއި (-/200 ރުފިޔާ) އެކު، ޖުމްލަ 6029/68 ރުފިޔާ ހޯދުމަށް ހުށަހެޅިފައިވާތީ، މިކަމަކީ މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން އައްޑޫސިޓީގައި ކުރެވޭ މަސައްކަތަކަށްވެފައި، މިނިސްޓްރީ އޮފް ޖެންޑަރގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އެ މިނިސްޓްރީއާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު އެމް. އޯ. ޔޫ. އެއްގައި ސޮއި ކުރެވިފައިވާތީ، މިކަމަށް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް އެހީތެރިވެ ދިނުމަށް ނިންމުނެވެ. އެގޮތުން ބަޖެޓްގެ 223999 ކޯޑް، ރައްޔިތުންގެގޮތުގައި ކުރަންޖެހޭ މަސައްކަތްތަކާއި އެއާއި ގުޅުންހުރި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ކޯޑުން ޚަރަދު ހަމަޖެއްސުމަށް ނިންމުނެވެ.  

 

ތާއީދު ކުރެއްވި :   ކައުންސިލަރ ޙުސައިން ހިޔާޟް  

ހުށަހެޅުން ހުށަހެޅި : ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް،

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް

 




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(N)2017/130

ތާރީޚް: 13 ޖޫން 2017