މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫ މަސްވެރިން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ލާމު އަތޮޅު ކަނޑުގެ ސަރަހައްދުން އައްޑޫ މަސްވެރިން ރަހީނު ކުރި މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީމޭޔަރ ، މުޙައްމަދު ޔަސްރިފް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ މަސްވެރިން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ލާމު އަތޮޅު ކަނޑުގެ ސަރަހައްދުން އައްޑޫ މަސްވެރިން ރަހީނު ކުރި މައްސަލަ އަކީ، ރާއްޖޭގެ ތާރީޚުން ފެންނަން އޮތް ހަމައެކަނި ކަނޑު ފޭރުމުގެ ހާދިސާ ކަމަށްވެފައި، މި ޙަދިސާ ހިންގިތާ 10 ދުވަސް ފާއިތު ވެގެން ދިޔައިރު ދައުލަތުން މިކަމުގައި ސީރިއަސްވީ މިންވަރު ދަށްކަން ފާހަގަ ކުރެވޭތީއާއި، މައްސަލަ ހިނގި ގޮތަށް ބަލާއިރު ރާއްޖޭގެ ކަނޑުތަކުގެ އަމާންކަން ގެއްލިފައިވާ ކަމަށާއި، ރާވައިގެން ފޭރުމުގެ ހާދިސާ ތައް ހިންގުމަށް ހިތްވަރުދެވޭފަދަ ގޮތަކަށް ދައުލަތުގެ މުއައްސަސާ ތަކުން ޢަމަލުކުރަމުން ދާކަމަށް އައްޑޫގެ ގިނަ ރައްޔިތުންނަށް ޤަބޫލު ކުރެވޭތީ، އައްޑޫ މަސްވެރިން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ލާމު އަތޮޅު ކަނޑުގެ ސަރަހައްދުން އައްޑޫ މަސްވެރިން ރަހީނު ކުރި މައްސަލައިގެ ތަޙްޤީޤް އަވަސްކޮށް ދިނުމަށް އެދި ދައުލަތުގެ ކަމާއި ގުޅޭއިދާރާ ތަކުގައި ދެންނެވުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.
|
||||
ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫ މަސްވެރިން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ލާމު އަތޮޅު ކަނޑުގެ ސަރަހައްދުން އައްޑޫ މަސްވެރިން ރަހީނު ކުރި މައްސަލަ