އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ 2019 ވަނަ އަހަރުގެ މާލީ ރިޕޯރޓް ފާސްކުރުން

19 ނޮވެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްގެ 2019 ވަނަ އަހަރުގެ މާލީ ރިޕޯރޓް ފާސްކުރުން 

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން         

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ޤާނޫނު ނަމްބަރު 3/2006  (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ބަޔާން ކުރެވިފައިވާ ގޮތުން ކައުންސިލްތަކުން ތައްޔާރު ކުރަންޖެހޭ މާލީ ހިސާބު ކޮންމެ މީލާދީ އަހަރެއް ނިމޭތާ 3 މަސް ދުވަހުގެ ތެރޭގައި ތައްޔާރުކޮށް އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ހުށަހަޅާން ޖެހޭ ކަމަށާއި، ނަމަވެސް ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން 2019 ވަނަ އަހަރުގެ މާލީ ރިޕޯރޓް ތައްޔާރުކޮށް އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވިފައި ނުވާތީ، މިނިންމުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ އައްޑޫ ސިޓީ ކައުންސިލްގެ 2019 ވަނަ އަހަރުގެ މާލީ ރިޕޯރޓް އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު   

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/133

ތާރީޚް: 19 ނޮވެމްބަރ 2020