މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ މަރަދޫ އަދި ހުޅުދޫ އަވަށުގައި ޤާއިމު ކުރެވޭ ގޭދޮށު މަސްފެކްޓަރީގެ މަސައްކަތް ހިންގުމަށް ބޭނުންވާ ފައިސާ އައްޑޫ ޓްރަސްޓް ފަންޑުގެ ތެރެއިން ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީގެ މަރަދޫ އަވަށު ނެއިބާރ ހުޑް ފިޝްޕްލާންޓްގެ މަޝްރޫޢުގެ މަސައްކަތް ހިންގުމަށް މިއިދާރާގެ ނަންބަރު: (AGR)426-AA/426/2020/42 އެއްބަސްވުމުން" ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާއި" ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ހިމެނޭ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދޫކުރަންޖެހޭ ފައިސާއާއި، މިއިދާރާގެ ނަންބަރު: (AGR)426-AA/426/2020/43 އެއްބަސްވުމުން "މެކޯ ޕްރައިވެޓް ލިމިޓެޑާއި " ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ހިމެނޭ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދޫކުރަންޖެހޭ ފައިސާ، އައްޑޫ ޓްރަސްޓްފަންޑް މެދުވެރިކޮށް ދޫކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 02 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
މަރަދޫ އަދި ހުޅުދޫ އަވަށުގެ ގޭދޮށު މަސްފެކްޓަރީގެ މަސައްކަތް ހިންގުމަށް އައްޑޫ ޓްރަސްޓް ފަންޑުގެ ތެރެއިން ފައިސާ ދޫކުރުމާ ގުޅޭ