އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮންޓްރެކްޓް އަދި ވޭޖް ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ މުވައްޒަފުންނާއި، ޔޫތް މިނިސްޓްރީން ބަދަލު ކުރެވުނު ކޮންޓްރެކްޓް މުވައްޒަފުންނާ ގުޅޭ

10 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

31 ޑިސެމްބަރު 2020 އަށް ކޮންޓްރެކްޓް އަދި ވޭޖް ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ މުވައްޒަފުންނާއި، ޔޫތް މިނިސްޓްރީން ބަދަލު ކުރެވުނު ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމާއި މެދު ގޮތެއް ނިންމުން .

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު ސެކްޝަން      

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ކައުންސިލްގެ ކޮންޓްރެކްޓް އަދި ވޭޖް ކޮންޓްރެކްޓް މަޤާމްތަކަށް ނެގިފައިވާ މުވައްޒަފުންގެ ތެރެއިން މުވައްޒަފުންގެ މަސައްކަތު އަޚްލާގާއި، މަސައްކަތުގެ ފެންވަރު އަދި ޙާޟިރީއަށް ބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި،

އަވަށު އޮފީސްތަކުގައި މަސައްކަތް ކުރައްވާ ކައުންސިލްގެ ކޮންޓްރެކްޓް އަދި ވޭޖް ކޮންޓްރެކްޓް މުވައްޒަފުންގެ މަސައްކަތު އަޚްލާގާއި، މަސައްކަތުގެ ފެންވަރު އަދި ޙާޟިރީއަށް ބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރަންޖެހޭ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ މަސައްކަތް އަވަށު އޮފީސްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށާއި،

ކައުންސިލްގައި އުފެދިފައި ހުރި ކޮންޓްރެކްޓް މަޤާމްތަކަށް ބޭނުންވާ މުވައްޒަފުންނާއި، މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން މިއިދާރާއަށް ބަދަލުކުރެވުނު ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު ޑިސެންބަރު މަހުގެ ނިޔަލަށް ހަމަވާތީ، މި މަޤާމްތަކަށް މުވައްޒަފުން ނެގުމަށް އިޢުލާނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި،

ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރަން ޖެހޭ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު 01 ޖަނަވަރީ 2021 އިން 31 ޑިސެންބަރު 2021 ގެ ނިޔަލަށް އިތުރު ކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް   

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/147

ތާރީޚް: 10 ޑިސެމްބަރ 2020