އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ 05 އަވަށުގެ ޓޫރިޒަމް ޒޯންތަކުން ބިން ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑްތައް އިވެލުއޭޓް ކުރުމާ ގުޅޭ

12 ޖެނުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގެ 05 އަވަށުގެ ޓޫރިޒަމް ޒޯންތަކުން ބިން ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑްތައް އިވެލުއޭޓް ކުރުމަށް ޓޫރިޒަމް ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމި ނިންމުމާމެދު ކައުންސިލުން ގޮތެއް ނިންމުން .

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫގެ 05 އަވަށުގެ ޓޫރިޒަމް ޒޯންތަކުން ބިން ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު "ޓޫރިޒަމް ބިޑް އިވެލުއޭޝަން ކޮމިޓީ" ގެ މަސައްކަތު މަރުޙަލާގައި ޕޮއިންޓް ދެވިފައިވާ ގޮތުގެ މަތިން ކަނޑައެޅިފައި ހުރި އުޞޫލާއި އެއްގޮތަށް  އައްޑޫގެ 05 އަވަށުގެ ޓޫރިޒަމް ޒޯންތަކުން ބިން ދޫކުރުމަށް ޤަވާޢިދާއި އެއްގޮތަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޙިޔާޟް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/04

ތާރީޚް: 12 ޖެނުއަރީ 2021