އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ ނަމްބަރު 2011/02 ނިންމުން އިޞްލާޙް ކުރުމަށް ހުށަހަޅާ މައްސަލަ

12 ޖެނުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމާއި ގުޅޭގޮތުން ނިންމާފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ނަމްބަރު 2011/02 ނިންމުން އިޞްލާޙް ކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމާއި ގުޅޭގޮތުން ނިންމާފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ނަމްބަރު 2011/02 ނިންމުން އިޞްލާޙްކޮށް ތިރީގައި ބަޔާން ކުރެވިފައިވާ ނުކުތާތަކުގައި ވާގޮތަށް ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

  1. 20000 (ވިހިހާސް) މެމްބަރުން ހަމަވާ ޕާޓީތަކަށް 4000 ( ހަތަރުހާސް އަކަފޫޓް) އަށް ވުރެ ބޮޑުނުވާ ގޮތަށް އައްޑޫގެ ކޮންމެ އަވަށަކުން ސިޔާސީ ޕާޓީ ތަކަށް އެޕާޓީއެއްގެ އިދާރީ އޮފީހާއި ޙަރަކާތްތައް ހިންގުމަށް ބިން ދޫކުރުން.
  2. ބިން ދޫކުރާނީ ބިމާއިބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް .
  3. ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކޮންގްރެސް ބާއްވާ ރިޕޯރޓް ހުށަހަޅާ ސިޔާސީ ޕާޓީތަކަށް ބިންދޫކުރުން.
  4. 5 އަހަރުގެ މުއްދަތުގެ ތެރޭގައި އަވަށުގައި، ސިޔާސީ ޕާޓީ އޮފީސް ޢިމާރާތް ހަދައި ޤަވާޢިދާއި އެއްގޮތަށް ޕާޓީގެ ޙަރަކާތްތައް ހިންގާފައިވާ ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށްފަހު، 1 އަހަރު ތެރޭ ބިމުގައި އޮފީސް ޢިމާރާތް ކުރުމަށް ޝަރުޠުކޮށް ބިންދޫކުރުން.

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު    

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/06

ތާރީޚް: 12 ޖެނުއަރީ 2021