އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޖުތިމާޢީ މަރުކަޒުތަކުގައި މިހާރުތިބި ވޭޖް ކޮންޓްރެކްޓް އަދި ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވެފައިވާތީ މައްސަލައަށް ގޮތެއް ނިންމުން

12 ޖެނުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އިޖުތިމާޢީ މަރުކަޒުތަކުގައި މިހާރުތިބި ވޭޖް ކޮންޓްރެކްޓް އަދި ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވެފައިވާތީ މައްސަލައަށް ގޮތެއް ނިންމުން .

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު. ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ވޭޖް ކޮންޓްރެކްޓް އަދި ކޮންޓްރެކްޓް މުވައްޒަފުންނާއެކު މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2020 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީ، އިޖުތިމާޢީ މަރުކަޒުގެ ޚިދުމަތް މެދު ނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ކައުންސިލްގެ ކޮންޓްރެކްޓް  މުވައްޒަފުންގެ ގޮތުގައި އިޖުތިމާޢީ މަރުކަޒުގެ މަޤާމްތަކަށް މުވައްޒަފުން ނެގުމުގެ މަރުހަލާ ނިމި، މަޤާމްތަކަށް މުވައްޒަފުން ހަމަޖެހެންދެން،2020  ޑިސެންބަރު 31ގެ ނިޔަލަށް އިޖްތިމާޢީ މަރުކަޒުގައި މަސައްކަތް ކުރި މުވައްޒަފުންނަށް، އެ މުވައްޒަފުން މަޤާމް ތަކުގައި އަދާކުރި މަސްއޫލިއްޔަތު އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް  ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް      

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/07

ތާރީޚް: 12 ޖެނުއަރީ 2021