އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ސިޓީ ސްކްއަރއަށް ބޭނުންވާ ލައިޓްސް އަދި ކޭބަލް ހޯދުމުގެ މަސައްކަތަށް ހުށަހެޅުނު ބިޑްތަކާ ގުޅޭ

19 ޖެނުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ސިޓީ ސްކްއަރއަށް ބޭނުންވާ ލައިޓްސް އަދި ކޭބަލް ހޯދުމުގެ މަސައްކަތަށް ހުށަހެޅުނު ބިޑްތައް އިވެލުއޭޓްކޮށް، ބިޑް ކޮމިޓީއިން ނިންމި ނިންމުމާމެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ބިޑް ކޮމިޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ ސިޓީ ސްކްއަރއަށް ބޭނުންވާ ލައިޓްސް އަދި ކޭބަލް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ބިޑްކޮމިޓީގެ މަސައްކަތު މަރުޙަލާ ނިމި އިވެލުއޭޝަން ގައި އެންމެ މަތިން މާރކްސް ލިބިފައިވާ "ނިޔަދުރު ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް" އާއި މި މަސައްކަތް ހަވާލުކޮށްގެން ޤަވާޢިދާއި އެއްގޮތަށް މަސައްކަތް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީމޭޔަރ، މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޙިޔާޟް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B(3)/2021/14

ތާރީޚް: 19 ޖެނުއަރީ 2021