އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގުޅިފައިވާ އަވަށް ތަކުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަލްޓި-ޕާޕަސް އެންޓަރޓެއިންމަންޓް ސެންޓަރ އެޅުމަށް ބިން ކަނޑައެޅުން

18 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ގުޅިފައިވާ އަވަށް ތަކުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަލްޓި-ޕާޕަސް އެންޓަރޓެއިންމަންޓް ސެންޓަރ އެޅުމަށް ބިން ކަނޑައެޅުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ރާއްޖޭގެ 14 ސަރަހައްދެއްގައި 15 މަލްޓި-ޕާޕަސް އެންޓަރޓެރއިންމަންޓް ސެންޓަރ ތަރައްޤީ ކުރުމަށް ހިންގޭ މަޝްރޫޢުގައި، އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުނަށް ޚިދުމަތް ދިނުމަށް އެންޓަރޓެރއިންމަންޓް ސެންޓަރެއް ތަރައްޤީ ކުރުން ހިމެނިފައިވާތީއާއި، އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުނިފޫހި ފިލުވުމުގެ ދާއިރާގައި އަވަށްތަކުގައި ލިބެން ހުންނަ ޚިދުމަތްތަކާއި ވަޞީލަތްތައް މަދުކަން ފާހަގަ ކުރެވޭތީއާއި، ޒަމާނުއްސުރެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރި އެއްބައިވަންތަކަމަށް ހީނަރުކަން ލިބިދާނެ ކަމަށް ފެންނާތީ، އަވަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެކި ކަންކަމަށް ޝައުޤު ހުންނަ ތަފާތު ޢުމުރު ފުރައިގެ މީހުން އެއް މާހައުލަކުން ބައްދަލުވެ ފައިދާ ކުރަނިވި ޙަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ މާޙައުލެއް ޤާއިމު ކޮށްދިނުމުގެ މަޤްޞަދުގައި، އައްޑޫސިޓީގެ ގުޅިފައިވާ އަވަށް ތަކުގެ ރައްޔިތުނަށް ޚިދުމަތް ދިނުމަށް އެންޓަރޓެއިންމަންޓް ސެންޓަރ އެޅުމަށް ހިތަދޫ ޔޫތް ސެންޓަރުގެ އުތުރުން އޮންނަ ސްޓޭޖް ސްޓޭޖް ސަރަހައްދުން 10000އަކަފޫޓު (ދިހަހާސް އަކަފޫޓު) ގެ ބިމެއް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/25

ތާރީޚް: 18 ފެބުރުއަރީ 2021