އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަައްޑޫގައި އެލްޑަރލީ ހޯމްއެއް ޤާއިމު ކުރުމަށް ބިމެއް ހަމަޖައްސަވައި ދެއްވުން އެދި ޖެނޑަރމިނިސްޓްރީން ހުށަހަޅާ މައްސަލަ

18 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި އެލްޑަރލީ ހޯމްއެއް ޤާއިމު ކުރުމަށް 30000އަކަފޫޓުގެ ބިމެއް ހަމަޖައްސަވައި ދެއްވުން އެދި މިނިސްޓްރީ އޮފް ޖެނޑަރ ފެމިލީ އެންޑް ސޯޝަލްސަރވިސަސް އިން ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ކައުންސިލްގެ ނަމްބަރ 426-BR (3)/2020/91  ނިންމުމުން އެލްޑަރލީ ހޯމް އެޅުމަށް 15000އަކަފޫޓު(ފަނަރަހާސް އަކަފޫޓު) ގެ ބިމެއް ކަނޑައެޅުމަށް ނިންމާފައިވީ ނަމަވެސް، އައްޑޫސިޓީގައި ދިރިއުޅޭ ޢުމުރުން ދުވަސް ވީ މީހުންނަށް އުފާވެރި އެކުވެރި ގެވެށި  ދިރިއުޅުމެއް އުޅެވޭނެ މާހައުލެއް ޤާއިމުކޮށް ދިނުމަށް އެލްޑަރލީ ހޯމްއެއް އެޅުމަށް 15000އަކަފޫޓުގެ ބިމަކީ އެކަށީގެންވާ ސައިޒްގެ ބިމެއް ކަމަށް ޤަބޫލު ނުކުރެވޭތީ، އައްޑޫސިޓީގައި އެލްޑަރލީ ހޯމް އެއް ތަރައްޤީ ކުރުމަށް އައްޑޫސިޓީގެ ފޭދޫ އަވަށުގެ ހިއްކި ބިމުން 30000އަކަފޫޓު (ތިރީސްހާސް އަކަފޫޓް) ގެ ބިމެއް ޤަވާޢިދާއި އެއްގޮތަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ނޯޓް: މިގޮތަށް ނިންމުމާއި ގުޅިގެން މިއިދާރާގެ ނަމްބަރު 426-BR (3)/2020/91  ނިންމުން ބާޠިލުވީއެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/30

ތާރީޚް: 18 ފެބުރުއަރީ 2021