އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަމިއްލަ ފަރާތަކުން އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅުމަށް ބިމެއް ހޯދުމަށް އެދި ހުށަހަޅާ މައްސަލަ

31 މާރޗް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އަމިއްލަ ފަރާތަކުން އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅުމަށް ބިމެއް ހޯދުމަށް އެދި ހުށަހަޅާ މައްސަލަ 

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް   

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ޑރ.ޢަލީ މުޒްނީ އައްޑޫ ސިޓީ ހުޅުދޫ އަވަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅުމަށް ބިމެއް ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އަކީ މުހިއްމު މައްސަލައެއްކަން ފާހަގަކޮށް، ހުޅުދޫ އަށުގައި ޒަމާނީ ފެންވަރުގެ ރީތި ބޮޑު މިސްކިތެއް ޢިމާރާތް ކުރެވިގެން ދިޔުމަކީ ހުޅުދޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށްވާތީ، ހުޅުދޫ މާފިށި ސަރަޙައްދުގައި މިސްކިތެއް ޢިމާރާތް ކުރުމަށް ކަނޑައެޅިފައިވާ 10000އަކަފޫޓް (ދިހަހާސް އަކަފޫޓް) ގެ ބިމުގައި ޑރ. ޢަލީ މުޒްނީ ހުށަހަޅާފައިވާ ކުރެހުމާއި އެއްގޮތަށް ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތް ކުރުމަށް ޤަވާޢިދާއި އެއްގޮތަށް ނަގަންޖެހޭ ހުއްދަތައްނަގައި މިބިމުގައި ޑރ.ޢަލީ މުޒްނީއަށް ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅޭނެއިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/61

ތާރީޚް: 31 މާރޗް 2021