އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތާއި ގުޅޭ

4 ޖެނުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2019" މުބާރާތުގައި މުލިމަތި ޔުނައިޓެޑް އަދި ކްލަބް ރިވަރިން ބައިވެރިވުމަށް ހަމަޖެހިފައިވާތީ މިޖަމިއްޔާތަކުން ކައުންސިލްގެ އެހީތެރިކަން ހޯދުމަށް

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސާރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

                   މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2019" މުބާރާތުގައި މުލިމަތި ޔުނައިޓެޑް އަދި ކްލަބް ރިވަރިން ބައިވެރިވުމަށް ހަމަޖެހިފައިވާތީ މިޖަމިއްޔާތަކުން ކައުންސިލްގެ އެހީތެރިކަން ހޯދުމަށް " ހުށަހެޅި މައްސަލާގައި އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2019 ގައި ބައިވެރިވާ ޖަމިއްޔާތަކުން އެހީ އަށް އެދި ހުށަހަޅާ، ރަޖިސްޓްރީވެފައިވާ ޖަމިއްޔާތަކަށް ކައުންސިލްގެ  ޖަމިއްޔާތަކަށް އެހީތެރިކަން ދޭ ކޯޑުން 10,000/- ރުފިޔާގެ އެހީއެއް ދިނުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ޤަރާރު

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/347

ތާރީޚް: 4 ޖެނުއަރީ 2020