އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޭ.ޕީ.ސީ. އަށް އެލް.ސީ ފެސިލިޓީ ހަމަޖެއްސުމަށްޓަކައި ކައުންސިލް އިން ގެރެންޓީ ދިނުން

26 އޯގަސްޓް 2020     


އޭ.ޕީ.ސީ. އަށް އެލް.ސީ ފެސިލިޓީ ހަމަޖެއްސުމަށްޓަކައި ކައުންސިލް އިން ގެރެންޓީ ދިނުން

 

بسم  الله الرحمن الرحيم

حمدًا لله و صلاةً وسلاماً على النبيّ المختار والرحمة المهداة والسراج المنير:

މިޤަރާރު ފެނި ދެކި ކިޔާ ބަލާ ކޮންމެ މީހަކަށް އަޅުގަނޑުމެން ވެދުމާއި ސަލާމް ރައްދުކުރަމެވެ.

 

 މި ޤަރާރަކީ "އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ ("އޭ.ޕީ.ސީ")" އިން "މޯލްޑިވްސް އިސްލާމިކް ބެންކު ޕލކ ("އެމް.އައި.ބީ")"  އިން ނެގުމަށް ހަމަޖެހިފައިވާ އެއްލައްކަ ފަންސާސް ހާސް އެމިރެކާ ޑޮލަރު ($150,000.00) ގެ ޓްރޭޑް މުރާބަހާ އެލް ސީ ފެސިލިޓީ އަށް ޔަޤީންކަން ދިނުމުގެ ގޮތުން، ކޭޝް ކޮލަޓްރެލް އެއް ބެހެއްޓުމަކަށްޓަކައި، އައްޑޫ ސިޓީ ކައުންސިލް އިދާރާ ގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބެންކު ޕލކ ގައި ހުރި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ބޭނުންކުރުމާއިގުޅޭ ގޮތުން، އައްޑޫ ސިޓީ ކައުންސިލުން ނެރޭ ޤަރާރެކެވެ.

 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 232 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 72 ވަނަ މާއްދާއަށް ރިޢާޔަތްކޮށް،

 

އޭ.ޕީ.ސީ ގެ ވިޔަފާރިއަކީ، އައްޑޫ ސިޓީ ގެ ރައްޔިތުންގެ ތަރައްޤީއާއި ގުޅިލާމެހިފައިވާ އައްޑޫ ސިޓީ ކައުންސިލްގެ 51 އިންސައްތަ ޙިއްސާ އޮންނަ ވިޔަފާރިއަކަށްވާތީއާއި، އޭ.ޕީ.ސީ ގެ ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި، އިތުރު މާލީ އެހީތެރިކަންބޭނުންވާ ހިނދު، މިމާލީ އެހީ ތެރިކަމުގެ ގޮތުން، އެމް.އައި.ބީ އިން، އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު ($150,000.00) ގެ ޓްރޭޑް މުރާބަހާ އެލް ސީ ފެސިލިޓީ އެދެން ހުށަހަހެޅި ހިނދު، މި ފެސިލޓީއަށް ޔަޤީންކަން ދިނުމުގެގޮތުން، އައްޑޫ ސިޓީ ކައުންސިލް ގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބެންކު ޕލކ ގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް، ކޭޝް ކޮލަޓްރެލް ގެ ގޮތުގައި ބެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލްގެ 03 ވަނަ ދައުރުގެ 141 ވަނަ ޖަލްސާއިން ކަނޑައަޅައި،

މި ކޭޝް ކޮލަޓްރަލް ދިނުމުގައި، މުއައްސިސެއްގެ ހައިސިއްޔަތުން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ކުރަން ޖެހޭ އިދާރީ އަދި ޓެކްނިކަލް ކަންކަމާއި، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރަންޖެހޭ އެންމެހައި ލިޔެކިޔުންތަކުގައި ސޮއިކުރުމާއި އަދި، ކުރަންޖެހޭ އެންމެހައި ކަމަކާއި ގުޅިގެން، އެންމެހާ މުޢާމަލާތުތައް ކުރައްވާނީ ކައުންސިލްގެ މަޝްވަރާގެ މަތިން މޭޔަރ ޢަބްދުﷲ ޞާދިޤް ކަމަށް ކަނޑައަޅައި،  

 

މީލާދީ ސަނަތުން ދެހާސް ވިހި ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 (26 އޮގަސްޓް 2020) ދުވަހު ބޭއްވުނު އައްޑޫ ސިޓީ ކައުންސިލްގެ ތިންވަނަ ދައުރުގެ 141 ވަނަ ރަސްމީ ޖަލްސާގައި (2020 ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާގައި) ބައިވެރިވި އަޅުގަނޑުމެން، މިގޮތުގެމަތިން މިޤަރާރު ފާސްކުރުމަށް އިޤްރާރުވެ، މިލިޔުމުގައި އަޅުގަނޑުމެންގެ ޤާނޫނީ ސިއްކަ އޮބައި ސޮއިކޮށް މިޤަރާރު ފާސްކުރީމެވެ.

       وَصَلَّى اللهُ وَسَلّمَ عَلَى سّيّدِناَ مٌحَمَدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَالْحَمْدٌ للهِ رَبِّ الْعَالَمِين




ބާވަތް: ޤަރާރު

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR/(Garaar)2020/03

ތާރީޚް: 26 އޯގަސްޓް 2020