ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (79-03)
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(5)/2026/79-03
ޖަލްސާ: 2026 ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ)
ބޭއްވުނު ތާރީޚް: 14 އޮކްޓޯބަރ 2026
މައްސަލަ
ހުށަހެޅުނު މައްސަލަ:
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ
ނިންމުން
މައްސަލަ ނިމުނު ގޮތް:
"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ
ސ.މަރަދޫފޭދޫ ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގެ ދަނާލު ޤާއިމްކުރުމަށްޓަކައި ހަމަޖައްސަވާފައިވާ ބިމުގެ ސައިޒު، ކައުންސިލުގެ ނަންބަރު: 426-B(4)/2025/155-02ނިންމުމާއި އެއްގޮތްވާގޮތުގެ މަތިން ފޮނުވިފައިވާ މި އިދާރާގެ ނަންބަރު: 426-AE/170/2026/2 ސިޓީގައިވާ ގޮތަށް މުރާޖަޢާކޮށްދިނުމަށް އެ ޔުނިވަރސިޓީގެ ފަރާތުން އެދިފައިވާ މައްސަލައިގައި، މި ބިމާއި ގުޅިގެން ކައުންސިލުގެ ނަންބަރު: 426-B(5)/2026/21-01 ނިންމުމުން ފާސްކުރައްވާފައިވާ ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީގެ 02 ވަނަ ބައްދަލުވުމުގެ ނިންމުން ދެމެހެއްޓުމަށް ފެންނަކަމަށް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް
ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުޙައްމަދު
ވޯޓް ދެއްވި ގޮތް
ވޯޓުގައި ބައިވެރިވި: 08 ވޯޓް
ފެންނަކަމަށް: 07 ވޯޓް
ނުފެންނަކަމަށް: 00
ބައިވެރިވެވަޑައިނުގަންނަވާ:01
