ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2022/104
ބޭއްވުނު ތާރީޚް: 08 ޖޫން 2022
ޖަލްސާ: 2022ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 53 ވަނަ ޖަލްސާ)
މައްސަލަ
ހުށަހެޅުނު މައްސަލަ:
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ
ނިންމުން
މައްސަލަ ނިމުނުގޮތް:
" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 31 ވަނަ ބައްދަލުވުމަށް ހުށަހެޅުނު ،
- އަބަދަށްފެހިގެ /ސ.ހިތަދޫ އަޙްމަދު ޙުސައިން އާއި ދެމެދު ވެވިފައިވާ ނަމްބަރު:2010/S2/06 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުން.
- ގުލާބީގުލްޝަން/ސ.މަރަދޫ އަލީ މުއްތަލިބު އާއި ދެމެދު ވެވިފައިވާ ނަންބަރު 426-PD/S3/2012/16 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުން
- އޮކާސާ/ ސ.ހިތަދޫ މުޙައްމަދު ޢަބްދުﷲ އާއި ދެމެދު ވެވިފައިވާ ނަންބަރު 2009/S2/40 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުން
- ކުޑަކުދިންގެ ޕާރކް އަދި ޑޭކެއަރ ސެންޓަރ ތަރައްޤީކުރުމަށް ބިން ހަމަޖައްސައިދެއްވުންއެދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހުށަހަޅާފައިވާ ސީޓީގައި ޕާކް ތަރައްޤީ ކުރުމަށް އެދިފައިވާ ބިން ހަމަޖެއްސުމާއިމެދު ގޮތެއް ނިންމުމާއި އަދި ޑެކެއަރ ސެންޓަރ ތަރައްޤީކުރުމަށް ބިމެއް ކަނޑައަޅައިދިނުމާއިމެދު ގޮތެއް ނިންމުމަށް
- ފެނަކާއިން 3 ސަބްސްޓޭޝަން ބެހެއްޓުމައްޓަކައި ބިން ހޯދުމަށް އެފަރާތުން ނަންބަރު HITH/FNK/G/2022/06 (15.3.2022) ސިޓީއިން އެދިފައިވުމުން، ފާހަގަކުރެވިފައިވާ ލޮކޭޝަންތަކުން ބިން ހަމަޖެއްސުމާއިމެދު ގޮތެއް ނިންމުން
މި މައްސަލަތަކާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުންތައް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ތާއީދު ކުރެއްވި: ކައުންސިލަރ މަރިޔަމް ސަޢީދާ
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އަޙްމަދު ޞަޢީދު
ވޯޓް ދެއްވި ގޮތް
ބައިވެރިވެވަޑައިނުގަންނަވާ: 00
ނުފެންނަކަމަށް: 05 ވޯޓް
ފެންނަކަމަށް: 06 ވޯޓް
ވޯޓުގައި ބައިވެރިވި: 11 ވޯޓް
