އައްޑޫ ސިޓީ ހިތަދޫ އާރޭފް ސަރަޙައްދުން ދަނޑުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނުގެ ބީލަންތައް އެވޯޑުކުރުމާމެދު ކައުންސިލުން ގޮތެއް ނިންމެވުން
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(5)/2026/81
ޖަލްސާ: 2026 ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 22 ވަނަ ޖަލްސާ)
ބޭއްވުނު ތާރީޚް: 21 އޮކްޓޯބަރ 2026
މައްސަލަ
ހުށަހެޅުނު މައްސަލަ:
އައްޑޫ ސިޓީ ހިތަދޫ އާރޭފް ސަރަޙައްދުން ދަނޑުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/412 އިޢުލާނުގެ ދަށުން ހުށަހެޅި ބީލަމުގެ އިވެލުއޭޝަން މަރުހަލާ ނިމިފައިވާތީ، އިވެލުއޭޝަން ކޮމިޓީން ނިންމަވާފައިވާ ގޮތުގެމަތީން ބީލަންތައް އެވޯޑުކުރުމާމެދު ގޮތެއް ނިންމަވާ ދެއްވުން އެދި.
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ
ނިންމުން
މައްސަލަ ނިމުނު ގޮތް:
" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ މާމެންދޫ އާރު.އޭ.އެފް ސަރަޙައްދުން ދަނޑުވެރިކަމަށް 45 ބިން ދޫކުރުމަށް ކުރެވުނު ނަންބަރު (AGR)426-AE/426/2025/412 އިޢުލާނުގެ ދަށުން، 13 އޮގަސްޓް 2025 ގައި ހުށަހަޅާފައިވާ ބީލަންތަކުގެ އިވެލުއޭޝަން ނިމި ލޭންޑް އިވެލުއޭޝަން ކޮމިޓީން ނިންމަވާފައިވާ ނިންމުންތައް ފާސްކޮށް ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
1. ލިޔުންތައް ހަމަނުވާ ބީލަންތަކާއި މެދު ޢަމަލުކުރުމަށް ކޮމިޓީން ނިންމެވި ކަންކަމާއި އަދި ބީލަންތަކަށް މާކްސް ދިނުމުގައި ބަލާފައިވާ ކަންކަން ފާސްކުރުމާއި،
2. މަޢުލޫމާތު ކަރުދާހުގެ 8.3.2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް 01 (އެކެއް) ބިން އެވޯޑު ކުރުމާއި، މިގޮތަށް ބިން އެވޯޑުކުރުމުގައި، އެއް ބީލަމަށްވުރެ ގިނަ ބީލަން ކާމިޔާބު ކުރެވޭ ފަރާތްތަކުގެ ތެރެއިން، އެފަރާތަކުން ބޭނުންވާ 01 (އެކެއް) ބިން އިޚްތިޔާރު ކުރުމުގެ ފުރުޞަތު ދިނުމަށްފަހު، އެފަރާތްތަކުން އިޚްތިޔާރުކުރާ ބިން އެވޯޑު ކުރުމާއެކު،
3. އެހެން ބީލަންތަކުގެ ތެރެއިން އެފަރާތަށް ލިބިފައިވާ ބާކީ ބިންތަކުގެ ބީލަމުން އެފަރާތް އުނިކުރުމަށްފަހު، ދެން އެބިމެއްގެ ބީލަމުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެހެން ބިމެއް އެވޯޑު ކުރެވިފައިނުވާ ފަރާތްތަކަށް ބިންތައް އެވޯޑު ކުރުމަށް
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް
ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު
ވޯޓް ދެއްވި ގޮތް
ވޯޓުގައި ބައިވެރިވި: 10 ވޯޓް
ފެންނަކަމަށް: 10 ވޯޓް
ނުފެންނަކަމަށް: 00
ބައިވެރިވެވަޑައިނުގަންނަވާ:00
