ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (83-02)
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(5)/2026/83-02
ޖަލްސާ: 2026 ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 22 ވަނަ ޖަލްސާ)
ބޭއްވުނު ތާރީޚް: 21 އޮކްޓޯބަރ 2026
މައްސަލަ
ހުށަހެޅުނު މައްސަލަ:
ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައަށް ގޮތެއް ނިންމަވައި ދެއްވުން އެދި.
މައްސަލަ ހުށަހެޅި ފަރާތް: ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީ
ނިންމުން
މައްސަލަ ނިމުނު ގޮތް:
"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ
އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026 މުބާރާތުގެ ޓީމް އިވެންޓްއަށް ފައިސާގެ އިނާމުގެ ގޮތުގައި:
-ޗެމްޕިއަން ޓީމަށް: -/30,000 (ތިރީސް ހާސް) ރުފިޔާ.
-ރަނަރަޕް ޓީމަށް: -/15,000 (ފަނަރަ ހާސް) ރުފިޔާ.
-ތިންވަނަ ޓީމަށް: -/7,500 (ހަތްހާސް ފަސްސަތޭކަ) ރުފިޔާ.
-ޓީމް އިވެންޓުގެ ޖުމްލަ ފައިސާގެ އިނާމަކީ: -/52,500 (ފަންސާސް ދެހާސް ފަސްސަތޭކަ) ރުފިޔާ ދިނުމަށް
-އޯޕަންސް އިވެންޓްގެ ސީނިއާރ ޑިވިޝަންއަށް ފައިސާގެ އިނާމު ދިނުމަށާއި ޖޫނިއާރ ޑިވިޝަންއަށް ހަމަ އެކަނި މެޑަލްސް ދިނުމަށް
އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026 މުބާރާތުގެ އޯޕަންސް އިވެންޓްގެ ސީނިއާރ ޑިވިޝަންގެ ސިންގަލްސްއަށް ފައިސާގެ އިނާމުގެ ގޮތުގައި:
-ޗެމްޕިއަން: -/5,000 (ފަސް ހާސް) ރުފިޔާ.
-ރަނަރަޕް: -/3,000 (ތިން ހާސް) ރުފިޔާ.
-ތިންވަނަ (ސެމީ ފައިނަލް އިން ބަލިވާ ދެ ކުޅުންތެރިންނަށް): ކޮންމެ ކުޅުންތެރިއަކަށް -/1,000 ރުފިޔާ މަގުން ޖުމްލަ -/2,000 ރުފިޔާ.
އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026 މުބާރާތުގެ އޯޕަންސް އިވެންޓްގެ ސީނިއާރ ޑިވިޝަންގެ ޑަބަލްސް / މިކްސްޑް ޑަބަލްސްއަށް ފައިސާގެ އިނާމުގެ ގޮތުގައި:
-ޗެމްޕިއަން ޕެއަރ: -/6,000 (ހަ ހާސް) ރުފިޔާ.
-ރަނަރަޕް ޕެއަރ: -/4,000 (ހަތަރު ހާސް) ރުފިޔާ.
-ތިންވަނަ (ސެމީ ފައިނަލް އިން ބަލިވާ ދެ ޕެއަރއަށް): ޖުމްލަ -/3,000 ރުފިޔާ (ކޮންމެ ކުޅުންތެރިއަކަށް -/1500 ރުފިޔާ).
-ސީނިއަރ ޑިވިޝަންގެ އޯޕަންސް އިވެންޓްތަކުގެ ޖުމްލަ ފައިސާގެ އިނާމަކީ: -/59,000 (ފަންސާސް ނުވަ ހާސް) ރުފިޔާ
މުބާރަތުގެ އޮފިޝަލުންނަށް ދިނުމަށް ހަމަޖެހިފައިވާ ފީ އާއި މުބާރަތުގެ ފައިސާގެ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ އަދާދާއި މުބާރާތް ހިންގުމާއި އިތުރު ހަރަދުތަކަށް ބަލާއިރު ކައުންސިލް އިން މުބަރާތަށް ބަޖެޓްކޮށްފައިވާ -/200000 ރުފިޔާ (ދެލައްކަ ރުފިޔާ) އަށް ވުރެ އިތުރަށް ހަރަދު ހިނަގާނެ ކަމަށް ބެލެވޭތީ އިތުރުވާބައި ސްޕޮންސަރ ހޯދައިގެން މުބާރަތުގެ އިތުރު ހަރަދު ހަމަޖެއްސުމަށް
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު
ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ
ވޯޓް ދެއްވި ގޮތް
ވޯޓުގައި ބައިވެރިވި: 10 ވޯޓް
ފެންނަކަމަށް: 10 ވޯޓް
ނުފެންނަކަމަށް: 00
ބައިވެރިވެވަޑައިނުގަންނަވާ:00
