[އައްޑޫ ސިޓީން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗަށް ބިން އިތުރުކުރުމުގެ އުޞޫލު] ފާސްކުރުމާ ގުޅޭ
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(5)/2026/84
ޖަލްސާ: 2026 ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 22 ވަނަ ޖަލްސާ)
ބޭއްވުނު ތާރީޚް: 21 އޮކްޓޯބަރ 2026
މައްސަލަ
ހުށަހެޅުނު މައްސަލަ:
[އައްޑޫ ސިޓީން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗަށް ބިން އިތުރުކުރުމުގެ އުޞޫލު] ފާސްކުރުމަށް.
މައްސަލަ ހުށަހެޅި ފަރާތް: ލީގަލް އެންޑް ގަވަރނަންސް ކޮމިޓީ
ނިންމުން
މައްސަލަ ނިމުނު ގޮތް:
" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހުށަހެޅިފައިވާ އުޞޫލުގައި އިތުރަށް އިސްލާޙް ކުރަންޖެހޭ ކަންކަން ފާހަގަކުރެވޭތީ އަލުން ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު
ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު
ވޯޓް ދެއްވި ގޮތް
ވޯޓުގައި ބައިވެރިވި: 10 ވޯޓް
ފެންނަކަމަށް: 09 ވޯޓް
ނުފެންނަކަމަށް: 00
ބައިވެރިވެވަޑައިނުގަންނަވާ:01
