އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓްADDU CITY COUNCIL
އައްޑޫ ސިޓީ ކައުންސިލްAddu City Council
ޤަރާރު
ނަތީޖާތަކަށް

ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަގުފް ފަންޑް ގްރޭންޓް އެޕްލިކޭށަން ފޯމު ފުރިހަމަ ކުރުމަށް ފަހު ފޯމް އެކީ ފޮނުވަން ޖެހޭ ޤަރާރު ފާސް ކުރުމާ ގުޅޭ

ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/86

ޖަލްސާ: 2026 ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 22 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 21 އޮކްޓޯބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް 2026ގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް އިނާމް ދިނުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ހޯދުމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއަށް ސިޓީއަކުން ދެންނެވުމުން " ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފް ފަންޑް ގްރާންޓް އެޕްލިކޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު ފޮނުއްވުމަށް އެދިފައިވާތީ އެފޯމާއެކު ފޮނުވަންޖެހޭ ކައުންސިލްގެ ޤަރާރު ފާސްކޮށްދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް 

ނިންމުން

މައްސަލަ ނިމުނު ގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، 2024 ވަނައަހަރު އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އައްޑޫސިޓީ ޤުރްއާންކިޔެވުމުގެ މުބާރާތަށް ދެލައްކަ ރުފިޔާ ގެ ފައިސާގެ އެހީތެރިކަމެއް އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވުޒާރާއިން ދެއްވާފައިވުމާއި އަދި ދީނީ އެކިއެކި ޙަރަކާތައް ކުރިއެރުވުމަށް އެވުޒާރާއިން އެއްބާރުލެއްވުން ދެއްވަމުން ގެންދަވާތީ މިއަހަރުގެ ޤުރްއާން ކިޔެވުމުގެ މުބާރާތަށް ފައިސާގެ އެހީތެރިކަމެއް ހޯދުމަށް ހުށަހެޅުމަށް ބޭނުންވާ ކައުންސިލްގެ ޤަރާރު ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00