ސްމާޓް ސިޓީ އެންޑް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (90-01)
ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(5)/2026/90-01
ޖަލްސާ: 2026 ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 23 ވަނަ ޖަލްސާ)
ބޭއްވުނު ތާރީޚް: 28 އޮކްޓޯބަރ 2026
މައްސަލަ
ހުށަހެޅުނު މައްސަލަ:
ސްމާޓް ސިޓީ އެންޑް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.
މައްސަލަ ހުށަހެޅި ފަރާތް: ސްމާޓް ސިޓީ އެންޑް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކޮމިޓީ
ނިންމުން
މައްސަލަ ނިމުނު ގޮތް:
"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ސްމާޓް ސިޓީ އެންޑް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ސްމާޓް ސިޓީ އެންޑް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ
ބަނދަރުގެ ލޯރާވާން (LoRaWAN) މަޝްރޫޢުގެ ފުރަތަމަ މަރުޙަލާ 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާގެ ބަޖެޓަކާއެކު ކުރިއަށް ގެންދިއުމަށާއި، ސައިޓް އަދި މީޓަރު ސާރވޭތައް ކުރުމާއި ބޭނުންވާ ހުއްދަތައް ހޯދުމަށް އަދި ޕްރޮކިއުމަންޓުގެ އެންމެ ފަހުގެ އަގުތައް ފާސްކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު
ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު
ވޯޓް ދެއްވި ގޮތް
ވޯޓުގައި ބައިވެރިވި: 08 ވޯޓް
ފެންނަކަމަށް: 08 ވޯޓް
ނުފެންނަކަމަށް: 00
ބައިވެރިވެވަޑައިނުގަންނަވާ:00
