އިޢުލާން
" އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020 " މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރެއް ހޯދުމަށް ފުރުޞަތު ހުޅުވާލުން |
އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގެ ނަމުގައި އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތް، 2021 ޖަނަވަރީ 23 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ފެށުމުގެ ކުރިން އަދި މުބާރާތް ކުރިއަށްދާއިރު ޕްރިންޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ޖަނަވަރީ 13 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް، މި އިދާރާގެ ސޯޝަލް ސަރވިސް ސެކްޝަންގެ މެއިލް އެޑްރެސް ([email protected]) އަށް އީ-މެއިލްއަކުން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން، ހުށަހަޅުއްވާއިރު މިކަން ކޮށްދެވޭނެ އަގަކާއި އުޞޫލު ހުށަހެޅުއްވުންވެސް އެދެމެވެ.
މިކަމަށް އެދޭ ފަރާތްތަކުން ކޮށްދެއްވުން އެދޭ ކަންތައްތައް:
- މުބާރާތުގެ ބިލްބޯޑުތަކާއި އިދާރީގޮތުންނާއި އެހެނިހެން ގޮތްގޮތުން ޕްރިންޓް ކުރުމަށް ބޭނުންވާތަކެތި ޕްރިންޓްކޮށްދެއްވުން.
- މުޅި މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރުގެ ގޮތުގައި ތަމްޞީލު ކޮށްދެއްވުން.
27 ޖުމާދުލްއޫލާ 1442
11 ޖަނަވަރީ 2021