އައްޑޫސިޓީގެ ހުޅުދޫ އަވަށު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް
އައްޑޫސިޓީގެ ހުޅުދޫ އަވަށު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓުގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރ: (IUL)426-AA/426/2016/173 އިޢުލާނަށް ހުށަހަޅާފައިވާ ބީލަންތަކުގެ އަގުބޮޑުކަމަށް ފެންނާތީ މިއިޢުލާން ބާތިލްކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.
މައުލޫމާތު ދިނުން އޮންނާނީ، 12 އޮކްޓޯބަރު 2016 ވާ އަންގާރަ ދުވަހުގެ 13:00 ގައި އައްޑޫސިޓީގެ ހުޅުދޫ އަވަށު އޮފީހުގައާއި، މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ހުޅުދޫ އަވަށު އޮފީހުން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫއަވަށު އޮފީހަށެވެ. މިއިދާރާއިން މައުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 17 އޮކްޓޯބަރު 2016 ވާ ހޯމަދުވަހުގެ 13:00 އެވެ.
މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެނޭނެވާހަކަ ދެންނެވީމެވެ.
05 މުޙައްރަމް 1438
06 އޮކްޓޯބަރު 2016