އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު: މަސައްކަތު

25 ޖުލައި 2017     6 years ago


ވަޒީފާގެ ފުރުސަތު

 

އައްޑޫސިޓީ ކައުންސިލުން ބަލަހައްޓަންޖެހޭ ޢާއްމު މައިދާންތަކާއި، އެފަދަ އެހެނިހެން ތަންތަން މަރާމާތުކޮށް، ބެލެހެއްޓުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއެވެ. (ކޮންޓްރެކްޓްގެ މުއްދަތު: ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޑިސެންބަރު 2017ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ އަވަށް

ބޭނުންވާ ޢަދަދު

މަޤާމު

މުސާރަ

ސަރވިސް އެލަވަންސް

މީދޫ އަވަށު އޮފީސް

01

މަސައްކަތު

-/3100

-/1000

ހުޅުދޫ އަވަށު އޮފީސް

01

މަސައްކަތު

-/3100

-/1000

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

06

މަސައްކަތު

-/3100

-/1000

އެލަވަންސް ތަކާއި ޢިނާޔަތްތައް

އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑި އަދި ބަންދު ދުވަހުގެ ފައިސާއާއި ރިސްކް އެލަވަންސް ފައިސާ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

 

އަވަށުގައި ހިމެނޭ އާއްމުޕާކްތަކާއި، މައިދާން ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުމުގައި ކުރަންޖެހޭ މަސައްކަތް ކުރުމާއި، ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ވިނަ ކޮށުމާއި އެފަދަ ކަންކަމަށް ބޭނުންކުރާ އުޅަނދުފަހަރު ދުއްވުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް

  • ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.
  • މި މަޤާމުތަކަށް ކުރިމަތިލާ ފަރާތަކީ ޢުމުރުން 65 އަހަރު ދަށުގެ މީހަކު ކަމުގައި ވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޖިސްމާނީ، ނަފްސާނީ ޤާބިލްކަން

(މި މަޤާމަށް މީހުން ނެގުމުގައި ފަތަން އެގުމާއި މެޝިންތައް އޮޕަރޭޓް ކުރަން އެގުމާއި އުޅަނދުފަހަރު ދުއްވަން އެގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚް:

އިންޓަވިއު ބޭއްވޭނެ ތަނާއި ތާރީޚާއި ގަޑި މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. މުއްދަތު ހަމަނުވާ އައި.ޑީ.ކާޑް ކޮޕީ.
  3. މުއްދަތު ހަމަނުވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

2017 އޮގަސްޓް 06 ވާ އާދިއްތަ ދުވަހު 14:00 ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް. (ހުޅުދޫ އަދި މީދޫ އަވަށުން، އެ އަވަށެއްގެ އަވަށު އޮފީހުން ފޯމް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަ ޖެހިފައި)



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2017/117

ޕަބްލިޝް ކުރި ތާރީޚް: 25-07-2017

ސުންގަޑި: 2017-08-06 14:00:00