އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންދާސީހިސާބު ބޭނުންވެއްޖެ - އައްޑޫސިޓީ ކައުންސިލް އިދާރާގެ ތިންވަނަ ފަންގިފިލާއަށް ބައެއް ބަދަލުތައް ގެނެސް މަރާމާތުކުރުމަށް

27 އޯގަސްޓް 2017     2 months ago


އިޢުލާން

 

އައްޑޫސިޓީ ކައުންސިލް އިދާރާގެ ތިންވަނަ ފަންގިފިލާއަށް ބައެއް ބަދަލުތައް ގެނެސް މަރާމާތުކުރުމަށް ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު: IUL)426-AA/426/2017/111) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 އޮގަސްޓް  2017 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ސެޕްޓެންބަރު 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

05 ޛުލްޙިއްޖާ  1438 

27 އޮގަސްޓް  2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/132

ޕަބްލިޝް ކުރި ތާރީޚް: 27-08-2017

ސުންގަޑި: 2017-08-30 11:00:00