އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - އެގްޒަމިނަރ (ވަގުތީ - ހުޅުދޫ އަވަށު އޮފީސް)

21 ޖޫން 2022     1 year ago


ވަޒީފާގެ ފުރުސަތު

މަޤާމް

އެގްޒަމިނަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2022 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުޅުދޫ އަވަށު އޮފީސް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

  • ޓެސްޓް ކުރާ ކޮންމެ A1, A0 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ
  • އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޢަމަލީ އިމްތިޙާނުގެ މަސައްކަތް ކުރުން.
  • ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި ޖަވާބުދާރީވުން.

މަޤާމުގެ ޝަރުތުތައް:

  • ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން. އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހެއްކަމުގައި ނުވުން
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން
  • އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި ރަނގަޅު ސިއްޙަތެއްގައި ހުރުން
  • އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf

  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

  4. ޑްރައިވިންގެ ލައިސަންސް ކާޑުގެ ކޮޕީ

  5. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  2. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  3. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖޫން 27 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޖޫން 28 އާއި 2022 ޖުލައި 07 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ.

20 ޛުލްޤަޢިދާ 1443

20 ޖޫން 2022

 


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2022/301

ޕަބްލިޝް ކުރި ތާރީޚް: 21-06-2022