އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކަދުރު ބެހުމާއި ގުޅޭ

21 ޖޫން 2022     1 year ago


އިޢުލާން

ކަދުރު ބެހުމާއި ގުޅޭ:

1443 ވަނަ އަހަރު ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ ކަދުރު ވަނީ މިއޮފީހަށް ލިބިފައެވެ. މިގޮތުން، މި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ހިތަދޫގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ކޮންމެ ގޭބިސީއަކަށް އިސްކަންދީގެން 1 ޕެކެޓް ކަދުރު ހަވާލުކުރާގޮތަށެވެ. އަދި ބާކީ ކަދުރު އިޢުލާން ކޮށްގެން ފުރަތަމައަށް އަންނަ ފަރާތްތަކަށް އިސްކަންދީގެން، ކޮންމެ ގެއަކަށް 1 ކަދުރު ޕެކެޓުގެ އުސޫލުން ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ހިތަދޫ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގަޑިތަކުގައެވެ.

  • 21 ޖޫން 2022 (އަންގާރަ) ދުވަހު 14:00 އިން 18:00 އަށް.
  • 22 ޖޫން 2022 (ބުދަ) ދުވަހު 14:00 އިން 18:00 އަށް.
  • 23 ޖޫން 2022 (ބުރާސްފަތި) ދުވަހު 14:00 އިން 18:00 އަށް.

ވީމާ، މި ގަޑިތަކުގައި، ހިތަދޫ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން ކަދުރާއި ހަވާލުވުމަށް، އައިޑީ ކާޑާއި އެކު ހިތަދޫ އަވަށު އޮފީހަށް ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ.

20 ޛުލްޤައިދާ 1443

20 ޖޫން 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2022/302

ޕަބްލިޝް ކުރި ތާރީޚް: 21-06-2022

ސުންގަޑި: 2022-06-21 08:55:00