އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކަދުރު ދޫކުރުން

22 ޖޫން 2022     1 year ago


އިޢުލާން

ކަދުރު ދޫކުރުން

        1443 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން، ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާ ޙަވާލުކުރެއްވި ކަދުރުގެ ތެރެއިން، މީދޫގެ ރައްޔިތުންނަށް ބެހުމަށްޓަކައި 470 ޕެކެޓް ކަދުރު ވަނީ މިއޮފީހަށް ލިބިފައެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، ކަދުރު ބެހުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ނިންމަވާފައިވާ، ތިރީގައި މިދަންނަވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

  1. 1443 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގައި ދަފްތަރުކުރެވިފައިވާ ފަޤީރުންގެ ލިސްޓްގައި ހިމެނޭ ކޮންމެ ގޭބިސީ އަކަށް 1 ޕެކެޓް ކަދުރު ދޫކުރުން
  2. ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަލާ އަންނަ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދޫކުރުން.

        ވީމާ، 2022 ޖޫން 21 އިން 27 އަށް، ހުކުރު ދުވަސްފިޔަވައި  ކޮންމެ ދުވަހަކު ހެނދުނު  09:00 އިން މެންދުރު 12:00 އަށް ކަދުރު ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

21 ޛުލްޤަޢިދާ 1443 ހ

21 ޖޫން 2022 މ



ބާވަތް: އިއުލާން

ނަންބަރ: (IUL)426-1B/426/2022/304

ޕަބްލިޝް ކުރި ތާރީޚް: 22-06-2022

ސުންގަޑި: 2022-06-27 12:00:00