އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

26 ޖޫން 2022     1 year ago


އިޢުލާން

ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

          އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ "ސިޓީ ބާޒާރު" ގެ ފިހާރަތަކުން ހުސްވެފައިވާ 05 ފިހާރަ ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ފިހާރަތައް ތިރީގައި މިދަންނަވަނީ އެވެ.

2 ނަމްބަރު ފިހާރަ، 03 ނަމްބަރު ފިހާރަ، 05 ނަމްބަރު ފިހާރަ، 06 ނަމްބަރު ފިހާރަ އަދި 10 ނަމްބަރު ފިހާރަ

          އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުއްޔަށް ދިނުމަށް ނިންމާފައިވާ މި ފިހާރަތައް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމްސެޓް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން 2022 ޖޫން 22 ވަނަ ދުވަހުން ފެށިގެން އޮފީސް ހުޅުވިފައި ހުންނަ ގަޑީގައި ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުންވެސް މި ފޯމްސެޓް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިންފޮމޭޝަން ސެޝަން  

28 ޖޫން 2022 އަންގާރަ

ޕްރޮޕޯސަލް ހުށަހެޅުން

25 ޖުލައި 2022 ހޯމަ، 10:00

         އިންފޮމޭޝަން ސެޝަން އޮންނަ ތަނާއި ގަޑި ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ. ފޯމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.  

21 ޛުލްޤައިދާ 1443

21 ޖޫން 2022

އެޕްލިކޭޝަން ފޯމް: city bazaar (form ).pdf

އުސޫލު: City bazar Usoolu.pdf

އިންފޮމޭޝަން ޝީޓު: City Bazaar Information sheet.pdf

ލޭއައުޓް: City Baazaar Layout.pdf



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2022/300

ޕަބްލިޝް ކުރި ތާރީޚް: 26-06-2022

ސުންގަޑި: 2022-06-28 12:00:00