އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

12 ނޮވެމްބަރ 2017     6 years ago


އިޢުލާން

 

ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހުޅުދޫ އަވަށު އޮފީހުން ކުރި ނަންބަރު: (IUL)426-AA/426/2017/151 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ދިނުން އޮންނާނީ، 16 ނޮވެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުޅުދޫ އަވަށު އޮފީހުގައާއި، މިއިދާރާގެ  ކޮންފަރެންސް ހޯލުގައެވެ. ހުޅުދޫ އަވަށު އޮފީހުން މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫއަވަށު އޮފީހަށެވެ. މިއިދާރާއިން މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 21 ނޮވެންބަރު 2017  ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުމުގެ ސެޝަނަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

23 ޞަފަރު 1439 

12 ނޮވެންބަރު 2017

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/159

ޕަބްލިޝް ކުރި ތާރީޚް: 12-11-2017

ސުންގަޑި: 2017-11-16 11:00:00