އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

20 ޖުލައި 2022     1 year ago


އިޢުލާން

ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

 

           ޤާނޫނު ނަންބަރ 03/2006 ( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިޔުމާއި ނައްތައިލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން އައްޑޫސިޓީ ކައުންސިލް އިދާރާގައި ހުރި ބައެއްތަކެތި ނީލަންކިޔަން ހަމަޖެހިފައިވާތީ، އެތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.

           ވީމާ މި އިޢުލާނާއި އެކު އާއްމުކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ބޭނުންވާ އޮފީސްތަކުން 25 ޖުލައި 2022 ވާ ހޯމަދުވަހުގެ 14.00 ގެ ނިޔަލަށް ތިރީގައި މިދަންނަވާ އީމެއިލް އަށް އަންގަވައި ދެއްވުން އެދެމެވެ.

           އީމެއިލް:  [email protected]

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ޛުލްހިއްޖާ 1443

19 ޖުލައި 2022

ލިސްޓް: NEELAN KIYAA THAKETHEEEG LIST.pdf



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/343

ޕަބްލިޝް ކުރި ތާރީޚް: 20-07-2022

ސުންގަޑި: 2022-07-25 14:00:00