އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ޕޮލިޓެކްނިކްގެ އިރުން އޮންނަ 471 ނަމްބަރ ކޮށީގައި ބަހައްޓާފައިވާ މުދާތައް ނަގާ ބިން ހުސްކުރުން

6 އޮކްޓޯބަރ 2022     1 year ago


އިޢުލާން

 

ޕޮލިޓެކްނިކްގެ އިރުން އޮންނަ 471 ނަމްބަރ ކޮށީގައި ބަހައްޓާފައިވާ މުދާތައް ނަގާ ބިން ހުސްކުރުން.
 

ޕޮލިޓެކްނިކްގެ އިރުން އޮންނަ 471 ނަމްބަރ ކޮށްޓަކީ އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާ ކައުންސިލްގެ ބިމެކެވެ. ނަމަވެސް މިބިމުގައި ދަގަނޑުން ގުދަނެއް ހަދާ މުދާފަދަ ތަކެތި ބަހައްޓާފައިވާކަމުގެ ޝަކުވާ ލިބުމާއި ގުޅިގެންމިއިދާރާގެ އިންސްޕެކްޓަރުން ބެލިބެލުމުން އެބިމުގައި ގުދަނެއްހަދާ މުދާތަކެއް ބަހައްޓާފައިވާކަމަށް ފާހަގަކުރެވިފައި ވެއެވެ. ވުމާއިއެކު މި މުދާތަކުގެ ވެރިފަރާތެއް ވާނަމަމިއަދުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެކަން މިއޮފީހަށް އަންގައި މި ބިމުގައިހުރި ގުދަނާއި، މުދާތައް ނެގުމަށްފަހު ބިން ސާފުކުރުމަށް އަންގަމެވެ.

މިމުއްދަތުގެ ތެރޭގައި މި ބިމުގައިހުރި މުދަލުގެ ވެރިފަރާތުން ބިމުގައި ޤަވާޢިދާއި ޚިލާފަށް ބަހައްޓާފައިވާ މުދާތައް ނަގާ ބިން ސާފުނުކޮށްފިނަމަ މިމުދަލަކީ ވެރިފަރާތެއް ނެތް މުދަލެއްކަމަށް ބަލައި، އާއްމު ތަންތަނާއި މަގުމައްޗަށް ދޫކޮށްލާފައިވާ ތެކެތި ނެގުމާއިބެހޭ ޤަވާޢިދު (ޤަވާޢިދު ނަމްބަރު 2019/R-984) ގައިވާގޮތުގެމަތީން މުދާތައް ނަގާ ބިން ސާފުކުރުމުގެ މަސައްކަތް މިއޮފީހުން ކުރިއަށް ގެންދާނެ ކަމަށާއި، މުދަލަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާނީ ކައުންސިލްގެ ހުއްދަނެތި އެބިން ބޭނުންކުރަމުންދާ ފަރާތްކަމުގައި  ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 ރަބީޢުލްއައްވަލު  1443ހ.

 06 އޮކްޓޫބަރު  2022މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2B/426/2022/470

ޕަބްލިޝް ކުރި ތާރީޚް: 06-10-2022

ސުންގަޑި: 2022-10-25 13:00:00