އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކަށުކަމާކެމީގެ ޕޫލް އެކުލަވާލުމަށް ކުރި އިޢުލާނުގެ މުއްދަތު އިތުރުކުރުން

23 އޮކްޓޯބަރ 2022     1 year ago


އިޢުލާން

 

ކަށުކަމާކެމީގެ ޕޫލް އެކުލަވާލުމަށް ކުރި ނަންބަރ (IUL)426/426/2022/468 އިޢުލާނުގެ މުއްދަތު އިތުރުކުރުން 
 

ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ތައްޔާރު ކުރެވިފައިވާ "ކަށުކަމާކެމީގެ ކަންތައްތަކުގައި ޢަމަލު ކުރުމުގެ އުޞޫލު" އާއި ގުޅިގެން އައްޑޫ ސިޓީ މަރަދޫ އަވަށުގައި ކަށުކަމާކެމީގެ ޕޫލެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. 

ވީމާ، ކަށުކަމާކެމީގެ ޕޫލުގައި ބައިވެރިވުމަށް އެދޭ ތިރީގައި މިދަންނަވާ ޝަރުޠު ހަމަވާ ފަރާތްތަކުން 14 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ، އައްޑޫ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަށުކަމާކެމީގެ ހުއްދައިގެ ކޮޕީ މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

  • މުސްލިމަކު ކަމުގައިވުން
  • ބާލިޣުވުން
  • ބުއްދި ސަލާމަތުން ހުރުން
  • ކަށުކަމާކެމީގެ ކަންތައް ރަގަޅަށް ދަންނަ މީހަކު ކަމުގައިވުން
  • އައްޑޫސިޓީ ކައުންސިލުން ދީފައިވާ ކަށުކަމާކެމީގެ ހުއްދަ އޮންނަ މީހަކަށްވުން

27 ރަބީޢުލްއައްވަލު 1444 ހ

23 އޮކްޓޯބަރ 2022  މ



ބާވަތް: އިއުލާން

ނަންބަރ: (IUL)426-3B/426/2022/510

ޕަބްލިޝް ކުރި ތާރީޚް: 23-10-2022

ސުންގަޑި: 2022-11-14 13:00:00