އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫ ސިޓީ މަރަދޫފޭދޫ ، މުނިސިޕަލް ސަރވިސްގެ މަސައްކަތަށް ބޭނުންވާ 01 ޓަނުގެ ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

24 އޮކްޓޯބަރ 2022     1 year ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު
 

  1. އައްޑޫ ސިޓީ މަރަދޫފޭދޫ ، މުނިސިޕަލް ސަރވިސްގެ މަސައްކަތަށް ބޭނުންވާ 01 ޓަނުގެ ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:(IUL)426-AA/426/2022/449 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާޠިލުކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ދަޢުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2022 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ 09:00 އިން ފެށިގެން 2022 އޮކްޓޫބަރު 31 ވާ ހޯމަ ދުވަހުގެ 13:00 އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ. 
  3. ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށްދެއްވުން އެދެމެވެ.
  4. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2022 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 01 ވާ އަންގާރަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2022 ނޮވެންބަރު 02 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2022 ނޮވެންބަރު 09 ވާ ބުދަ ދުވަހުގެ 10.00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.
  6. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  7. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
    އީމެއިލް: [email protected] 

28 ރަބީޢުލްއައްވަލު 1444

24 އޮކްޓޫބަރު 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2022/504

ޕަބްލިޝް ކުރި ތާރީޚް: 24-10-2022

ސުންގަޑި: 2022-10-31 13:00:00