އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވަގުތީ - ހިތަދޫ އިޖުތިމާޢީ މަރުކަޒު )

9 ނޮވެމްބަރ 2022     1 year ago


ވަޒީފާގެ ފުރުސަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2022 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިތަދޫ އިޖުތިމާޢީ މަރުކަޒު، ހިތަދޫ / އައްޑޫ

މަޤާމުގެ ނަންބަރު:

YC008

މުސާރަ:

4465/- ރުފިޔާ

ސަރވިސް އެލަވަންސް:

1500/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިޖްތިމާޢީ މަރުކަޒު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ހުޅުވާ ލެއްޕުމުގެ ހުރިހާ އިންތިޒާމުތަކެއް ރާވާހަމަޖެހިފައިވާ ކަމުގެ ޔަޤީންކަން ލިބުން. 
  2. ކޮންމެ މަހެއްގެ ޙާޟިރީ/އިތުރުގަޑި ރިޕޯޓް މަހުގެ 15 ވަނަ ދުވަހަށް ނިންމާ، 16 ވަނަދުވަހު އޮފީސްބަންދުވުމުގެ ކުރިން އަވަށު އޮފީހަށް ފޮނުވުން.
  3. ކޮންމެ މަހެއްގެ މަންތްލީ ރިޕޯޓް ޖެހިގެން އަންނަމަހުގެ 5 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އަވަށު އޮފީހަށް ފޮނުވުން.
  4. މަރުކަޒުގެ މުވައްޒަފުންގެ ޙާޟިރީ، އިތުރުގަޑީގައި ހުޅުވާލެއްޕުމުގެ ހުއްދަލިބިގެން ކުރެވޭ މަސައްކަތްތަކުގެ ޙާޟިރީ ބެލެހެއްޓުމާއި ދުވަހުންދުވަހަށް ނިންމަންޖެހޭ އިދާރީ މަސައްކަތްތައް ނިންމުން.
  5. އަޕްޑޭޓްކޮށް ބަލަހައްޓަންޖެހޭ މަޢުލޫމާތުތައް ގަވާއިދާ އެއްގޮތަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ކުޅިވަރާއި އެހެނިހެން ކަންތައްތައްކަށް ހޯދޭ ތަކެތީގެ އިންވެންޓްރީ އާއި އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ޔަޤީންކަންލިބުން.
  7. މަރުކަޒުގެ އަހަރީ ރިޕޯރޓްކަޑައެޅިފައިވާ ތާރީޚަކަށް އަވަށު އޮފީހަށް ފޮނުވުން.
  8. މަރުކަޒުން ދޭ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ތަކެއްޗާއި، މަރުކަޒުގެ މަރާމާތާއި، އާބަތުރާ ފިލުވުމުގައި ކުރަންޖެހޭ ކަންތައްތަކުގައި ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކުރުން.
  9. ލިޔެކިޔުންތައް ފަސޭހައިން ފެންނާނެގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.
  10. މީގެ އިތުރުންވެސް ތަނައް ބޭނުންވެއްޖެ ވަގުތެއްގައި ކުރަންޖެހޭ މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި އިދާރާގެ ވެބްސައިޓުންނާއި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
    ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
    (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
    (ށ)ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
    (ހ)ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމް
  • މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  • ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ :ތަނާއި،މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ނޮވެންބަރު 23 އާއި 2022 ނޮވެންބަރު 28 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885753 ނަންބަރު ފޯނާއެވެ.

15 ރަބީޢުލްއާޚިރު 1444

09 ނޮވެންބަރު  2022



ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-2A/426/2022/522

ޕަބްލިޝް ކުރި ތާރީޚް: 09-11-2022